ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލައިގައި ޑިފެންސް މިނިސްޓަރުގެ ނައިބު އަލްއުސްތާޛު ޙަސަން ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށްދޭން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފިއެވެ.
މަޖިލީހުގެ ރައީސް ވަނީ މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަށާއި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމިޓީއަށްވެސްް ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ، މަޖިލީހުގެ ޤަވާއިދުގެ 34 ވަނަ ބާބުގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެންވާކަމަށެވެ. އަދި ކޮންމެ މީހަކަށްމެ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، އަ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުނެ ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައިވަނީ ޒަމީލްގެ މައްސަލަބަލަން ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅޭ އިންކުއަރީއަށް މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުކުރަން ނިންމާފައި ވަނިކޮށް، ޖަވާބުދާރީ ވާނީ މުޅި މުއައްސަސާ އިން ކަން އެންގެވުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގާ އިންކުއަރީއަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށް އެމްއެންޑީއެފް އިން ނެރުނު ނޫސް ބަޔާނެއްގައި ވެއެވެ. އެމްއެންޑީއެފް އިން ބުނެފައި ވަނީ، އެ ސިފައިންގެ މަސްއޫލިއްޔަތު ބެލުމަށް ވަކިވަކި ސިފައިންނާ ސުވާލު ކުރުމުގެ ބަދަލުގައި އެކަމަކު އެ އިދާރާއަށް ޖަވާބުދާރީވާނީ މުޅި މުއައްސަސާގެ ފަރާތުން ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އެންކިއަރީއަށް މައުލޫމާތު ސާފުުކުރުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް އެ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް