ދިވެހިރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 170000 (އެއް ލައްކަ ހަތްދިހަ ހާސް)އަށް ވުރެ މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އެންމެފަހުން ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހި 960 މީހުނެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި ވެކްސިން ފުރިހަމަކޮށްފައިވަނީ 289 މީހުންނެވެ. އަދި ރަށްރަށުގައި 671 މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.
މިހާރު ދިވެހިރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 172،263 އަށް އަރާފައެވެ.
ދިވެހިރާއްޖޭގައި އެންމެ ފަހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 415 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 67 މީހަކާއި، އަތޮޅުތަކުގައި ފުރަތަމަ ޑޯޒް ޖެހި 348 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޢަދަދުވަނީ 311،740 އަށް އަރާފައެވެ.
މާލެ ސަރަހައްދުގައި މިހާރު ޖަހަމުންދަނީ ޗައިނާގެ ސިނޯފާމް ވެކްސިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް