ޓިކްޓޮކް މެދުވެރިކޮށް އެއް ބަޔަކު ޖަންނަތު (ސުވަރުގެ) ހޯދާއިރު އަނެއް ބަޔަކު ހޯދަނީ ޖަހަންނަމް (ނަރަކަ) ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެއްޖެއެވެ.
މެންކު މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގެ މިފަދަ އެޕްތަކާއި ގުޅޭގޮތުން ދެއްވި ދަރުހެއްގައެވެ.
މެންކުގެ މި ދަރުހުގައި ޓިކްޓޮކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ޓެކްނޮލޮޖީ އެއް ބަޔަކު ހެޔޮ ގޮތުގައި ބޭނުންކުރާއިރު އަނެއް ބަޔަކު ނަހަމަގޮތުގައި ބޭނުންކުރާ ކަމަށެވެ.
އެޓެންޝަން ހޯދަން ވަނާތައް ފާޅުވާނޭހެން ހެދުން އަޅައިގެން ގުނަވަންތައް ތަޅުވާ ހަދާއިރު މިކަމުން ލިބޭ މަންފާއަކީ ކޮބައިތޯ މުފްތީ މެންކު ސުވާލު އުފައްދާފައިވެއެވެ.
މެންކުގެ މި ދަރުހުގައި އިތުރަށް ވިދާޅުވެފައިވަނީ އަންހެންވެރިންގެ މޭމަތި ބަލާފައި "މާޝާﷲ" މި ބަސް ބޭނުންކޮށް ކޮމެންޓްކުރާ މުސްލިމުންވެސް މިހާރު ފެންނަ ކަމަށެވެ.
https://www.youtube.com/watch?v=oQJzFf8KK9o
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް