އެންމެ ލަވައެއް ނެގުމަށް ވިޕުލް 5.5 ކްރޯޑް ރުޕީސް ހަރަދު ކޮށްފި

ވިޕުލް ޝާހް ޑައިރެކްޓު ކޮށް ކޯ ޕްރޮޑިއުސް ކުރާ ފިލްމު "ނަމަސްތޭ އިންގްލޭންޑު" ގެ ލަވައެއް ނެގުމަށް އޭނާ 5.5 ކްރޯޑު ރުޕީސް ހަރަދު ކޮށްފި އެވެ. ވިޕުލް އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މިއީ މިހާތަނަ...

07 Jun 2018 | 04:00

ވިޕުލް ޝާހް ޑައިރެކްޓު ކޮށް ކޯ ޕްރޮޑިއުސް ކުރާ ފިލްމު "ނަމަސްތޭ އިންގްލޭންޑު" ގެ ލަވައެއް ނެގުމަށް އޭނާ 5.5 ކްރޯޑު ރުޕީސް ހަރަދު ކޮށްފި އެވެ.

ވިޕުލް އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މިއީ މިހާތަނަށް އޭނާ ކުރާ އެންމެ އަގުބޮޑު މަސައްކަތެވެ. އެހެންވެ މި ފިލްމުގެ އެ ލަވައަކީ މިހާތަނަށް އޭނާއަށް ކުރެވޭ އެންމެ ބުރަ އަދި އެންމެ މުހިންމު މަސައްކަތް ކަމަށް ވިޕުލް ބުންޏެވެ. އެ ލަވައަކީ ފިލްމުގައި ހިމެނޭ "ތޫ މޭރީ މެއިން ތޭރާ" ކިޔާ ލަވަ އެވެ.

މި ލަވައިގަ ދައްކައިދެނީ އިންޑިއާގެ ޕަންޖާބުން ފަށާ ދަތުރެއް އެކި ގައުމުތަކަށް މަޑު ކުރަމުން ގޮސް އިނގިރޭސިވިލާތުގެ ލަންޑަނަށް ދާ ތަނެވެ. ލަވައިގަ ފެނިގެންދަނީ "ނަމަސްތޭ އިންގްލޭންޑު" ގައި ލީޑް ރޯލު ކުޅޭ އަރުޖުން ކަޕޫރާއި، ޕަރްނީތާ ޗޯޕްރާ އެވެ. ވިޕުލް ބުނީ ހަމަ އެކަނި އެ ލަވަ ނެގުމަށް ގިނަ ދިރާސާތަކެއް ކުރި ކަމަށެވެ.

އެގޮތުން އެކި ގައުމުތަކުގެ ރީތި ސަރަހައްދުތައް ބަލައިގެން އެތަންތަން ދައްކާލުމަށް މަސައްކަތް ކުރި ކަމަށެވެ. ހަމަ އެކަނި މި ލަވައިން އެކި ގައުމުތަކުގެ 18 ނުވަތަ 20 ސަރަހައްދެއް ފެނިގެންދާނެ އެވެ. އަދި ކަނޑުގެ ރީތި ސަރަހައްދުތަކެއްވެސް ލަވައިން ފެނިގެންދާނެ އެވެ.

އޭނާ ބުނީ މިހާ ފުރިހަމައަށް އަގު ބޮޑު ލަވައެއް ނަގާ ނިންމާލެވުނީ ޕަރްނީތާ އާއި އަރުޖުންގެ ބުރަ މަސައްކަތުން ކަމަށެވެ.

"ނަމަސްތޭ އިންގްލޭންޑް" އަކީ 2007 ވަނަ އަހަރު ރިލީޒް ކުރި "ނަމަސްތޭ ލަންޑަން" ގެ ސީކުއެލް އެކެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު 19 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް