ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަތިޔާ ޝެޓީ ދެން އެންމެ އަވަހަށް ފެންނާނީ ފުޓުބޯޅަ ކުޅޭ އަންހެނެގެއްގެ ރޯލުން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އިންޑިއާގެ ކަޝްމީރަށް ނިސްބަތްވާ ފުޓުބޯޅަ ކުޅުން ތެރިއެއް ކަމަށްވާ އަފްޝަން އާޝިގް ގެ ބަޔޯ ޕިކް ކުޅުމަށް އަތިޔާ އަށް ލިބުނު ޗާންސްގެ ބޭނުން ހިފައި އޭނާ ވަނީ އެ ފިލްމަށް ސޮއި ކޮށްފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އަސްލު ދިރިއުޅުމުގައި އަފްޝަން އަކީ ގޯލް ކީޕަރެއްގެ ދައުރު ފުޓުބޯޅަ ދަނޑުގައި އަދާ ކުރާ މީހަކަށް ވާތީ އޭނާގެ ހަޔާތަށް ހަދާ މި ފިލްމަށް އަތިޔާ ދަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ.
އެގޮތުން މިހާރު ފުޓުބޯޅަ ކުޅެން ދަސްކުރުމާއި، ގޯލް ކީޕަރުކަން ދަސްކުރުމަށް އޭނާ ވަނީ ކޯޗެއް ހަމަޖައްސާފައި އެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަތިޔާ ކުރަމުންދަނީ ކަޝްމީރު ބަސް ދަސް ކުރުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
"ހޯމް ސޯލޯ" ގެ ނަމުން ނަން ދީފައިވާ މި ފިލްމުގައި އަތިޔާ އާއި އެކު ލީޑް ރޯލުން ފެނިގެންދާ ބަތަލެއް އަދި ކަނޑަނާޅަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމު ހަމައެކަނި އަފްޝިންގެ ކެރިއަރަށް ބިނާކޮށްފި ނަމަ ފިލްމު ކާމިޔާބު ނުވާނެތީ އަންހެނުން ބާރުވެރި ކުރުވުމާއި، ލޯބީގެ ބައިގެ އިތުރުން އަފްޝިންގެ ސޯޝަލް ލައިފް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައި އެވެ.
މި ފިލްމުގައި މި ރަހަތަށް ހިމަނައިގެން ފިލްމުގެ ސްކްރިޕްޓު ތައްޔާރު ކުރަނީ މީގެ ކުރިން ރިލީޒް ކޮށްފައިވާ ކާމިޔާބު ބަޔޯ ޕިކްތައް ކަމަށްވާ ފިލްމު "ނީރްޖާ އަދި "މޭރީ ކޮމް" ފަދަ ފިލްމުތަކުގެ ވާހަކައަށް ބަދަލުތަކެއް ގެނައި ސައިވިން ގުއަދްރަސް އެވެ.
އަތިޔާ ޝެޓީ މިހާތަނަށް ފެނިގެން ގޮސްފައި ވަނީ ދެ ފިލްމަކުންނެވެ. އެއީ 2015 ވަނަ އަހަރު ރިލީޒް ކުރި "ހީރޯ" އާއި މިދިޔަ އަހަރު ރިލީޒް ކުރި "މުބާރަކަން" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް