ހިކެން ބޯންވީ ހިތި ދަމުއި ފެން | ލިޔުން އިސްލާހް ކުރެވިފައި

ބަރުދަން ލުއިކޮށް، ޞިއްޙަތު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި މީހުން ތަފާތު ސެލެޑުތާއި، ފައިބާއިން މުއްސަނދިވެފައިވާ އެކި ޑައެޓުތަކާއި އަދި ކަސްރަތުކޮށް، ނިދި ހަމަކުރާ ވާހަކަ އަބަދުވެސް އިވެ އެވެ. ނަމަވ...

07 Jun 2017 | 06:36

ބަރުދަން ލުއިކޮށް، ޞިއްޙަތު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި މީހުން ތަފާތު ސެލެޑުތާއި، ފައިބާއިން މުއްސަނދިވެފައިވާ އެކި ޑައެޓުތަކާއި އަދި ކަސްރަތުކޮށް، ނިދި ހަމަކުރާ ވާހަކަ އަބަދުވެސް އިވެ އެވެ.

ނަމަވެސް ބައެއް ފަހަރު އެކަންކަން ކުރަންޖެހޭ އުޞޫލުން ނުކުރެވުމާއި، ކަތްނެއްވުމުގެ ސަބަބުން ގިނަ ފަހަރަށް އެ މަޤުޞަދު ހާސިލުނުވާ ފަހަރު މެދުވެރިވެ އެވެ. އެފަދަ ފަރާތްތަކަށް ހިތި ދަމުއި ފެން (އަޖުމައިން ފެން) ތައްޔާރުކޮށްގެން ބޮއުމަކީ ލުޔަކަށް ވެދާނެ އެވެ.

ހިތި ދަމުއި ފެން ބޮއުމުން ކާނާ ރަނގަޅު ހަޖަމުކުރުމަށް އެހީތެރިވެދެ އެވެ. އަދި ބަނޑުލުމުން ދުރުކޮށްދީ، ބަނޑުގައި އުފެދޭ ސަރުބީ ނައްތާލުމަށް އެހީތެރިވެދެ އެވެ.

ހިތި ދަމުއި ބޮއުމަށް އެންމެ ރަނގަޅީ ހެނދުނު ހުސްބަނޑާއި ހުރެގެންނެވެ.

ހިތި ދަމުއި ފެން ތައްޔާރުކުރާނެ ގޮތް ތިރީގައިވާ ވީޑިއޯގައި ބުނެދީފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް