މާރާމާރީގެ މައްސަލައަކާއި ގުޅިގެން ގަމުން ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

މާރާމާރީގެ މައްސަލައަކާއި ގުޅިގެން ލ ގަމުން ސިފައިންގެ މީހަކު ހައްޔަރު ކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން، އާދީއްތަ ދުވަހުގެ ރޭ ލ ގަމުން...

07 Jun 2017 | 06:28

މާރާމާރީގެ މައްސަލައަކާއި ގުޅިގެން ލ ގަމުން ސިފައިންގެ މީހަކު ހައްޔަރު ކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން، އާދީއްތަ ދުވަހުގެ ރޭ ލ ގަމުން މީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ. އަދި އޭނާ ގޭ ބަންދުގައި 10 ދުވަހު ބެހެއްޓުމަށް ކޯޓުން މުއްދަތު ދީފައި ވާކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ސިފައިންގެ މީހާ ހައްޔަރު ކޮށްފައިވަނީ ގަމު ތުނޑީ ބަނދަރު ސަރަހައްދުގައި ހިންގި މާރާމާރީއަކާއި ގުޅިގެންނެވެ. މާރާ މާރީ ހިންގާފައިވަނީ ފަޅުގައި އޮތް ދޯންޏެއްގެ ވަލުގައި ލޯންޗެއް ޖެހި އެ ވާ ކަނޑައިގެން ދިޔަ މައްސަލައިގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް