ޖޯޖް އަދި އާމާލް އަށް އެއް މާބަނޑު ދެކުދިން

އެމެރިކާގެ މަޝްޙޫރު ފިލްމީ ތަރި ޖޯޖް ކުލޫނީއާއި ދުނިޔޭގައި ނަން ހިންގާ މަޝްޙޫރު ލޯޔާ އާމާލް ކުލޫނީއަށް އެއް މާބަނޑު ދެ އަންހެންކުދިން ލިބިއްޖެ އެވެ. މިއީ އެ ދެމަފިރިންނަށް ދަރިން ލިބުނު ފުރަތަމަ ފަހަރ...

07 Jun 2017 | 06:15

އެމެރިކާގެ މަޝްޙޫރު ފިލްމީ ތަރި ޖޯޖް ކުލޫނީއާއި ދުނިޔޭގައި ނަން ހިންގާ މަޝްޙޫރު ލޯޔާ އާމާލް ކުލޫނީއަށް އެއް މާބަނޑު ދެ އަންހެންކުދިން ލިބިއްޖެ އެވެ. މިއީ އެ ދެމަފިރިންނަށް ދަރިން ލިބުނު ފުރަތަމަ ފަހަރެވެ.

އެލާ އަދި އެލެކްސެންޑްރާ ގެ ނަންދީފައިވާ އެ ދެކުދިން ވިހެއީ އިއްޔެ ލަންޑަންގަ އެވެ.

އާމާލް އެދެ ކުދިންނަށް ބަލިވެ އިންކަން ވަރަށް ގިނަ ދުވަސްވަންދެން ފޮރުވުމަށްފަހު މީޑިއާއަށް ޙިއްޞާކުރީ މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

39 އަހަރުގެ އާމާލް، 56 އަހަރުގެ ޖޯޖްއާއި ކައިވެނި ކުރީ 2014 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް