"ވޮންޑާ ވުމަން" ބޮކްސް އޮފީސްގައި ބޮޑު ކާމިޔާބީއެއް ހޯދައިފި

ސުޕަހީރޯ މޫވީ "ވޮންޑާ ވުމަން" ދެކުނު އެމެރިކާގެ ބޮކްސް އޮފީސްގައި 100.5 މިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ. ޕެޓީ ޖެންކިންސް ޑައިރެކްޓުކޮށްފައިވާ އެ ފިލްމަކީ އެމެރިކާގެ "ސަމާ" ޗުއްޓީއާއި...

07 Jun 2017 | 06:08

ސުޕަހީރޯ މޫވީ "ވޮންޑާ ވުމަން" ދެކުނު އެމެރިކާގެ ބޮކްސް އޮފީސްގައި 100.5 މިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.

ޕެޓީ ޖެންކިންސް ޑައިރެކްޓުކޮށްފައިވާ އެ ފިލްމަކީ އެމެރިކާގެ "ސަމާ" ޗުއްޓީއާއި ދިމާކޮށް ނެރު އެންމެ ބޮޑު ފިލްމެވެ. އެ ފިލްމުގައި ވޮންޑާ ވުމަންގެ ރޯލުން ފެނިގެންދަނީ ގަލް ގަޑޮޓް އެވެ.

ވޮންޑާ ވުމެންއަށް އެހާ ބޮޑު ތަރުޙީބެއް ލިބެނީ ސުޕަހީރޯ ފިލްމުތަކުގައި ލީޑް ރޯލަކުން އަންހެނަކު ފެންނަލެއް މަދު ކަމުންކަމަށް ވެދާނެ ކަމަށްވެސް ރި÷ޕޯޓުތައް ބުނެ އެވެ.

ވާރނާ ބްރޯސްގެ ކުޑައިގެދަށުން ދައްކަމުން އަންނަ އެ ފިލްމާއި ބެހޭގޮތުން އެ ކުންފުނިން ބުނީ ފިލްމު މިހާތަނަށް ބެލި މީހުންގެ ތެރެއިން 52 އިންސައްތަ މީހުންނަކީ އަންހެނުން ކަމަށެވެ.

ފާއިތުވެދިޔަ ހަފްތާގައި ބޮކްސް އޮފީސްގެ އެންމެ ކުރީގައި އޮތް "ޕައިރެޓްސް އޮފް ދި ކެރިބިއަން: ޑެޑް މެން ޓެލް ނޯ ލައިސް" ފަހަތައް ޖައްސާލުމަށްފަހު ވޮންޑާ ވިމެން މި ހަފްތާ ތެރޭގައި ކުރިއަށް ޖެހިލާނެކަމަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް