ހާރުކެއުމަށް މުސްލިމުން ހޭލެއްވުމަށް އިސްރޭލުގެ އައްކާ ސިޓީ ކައިރީގައި އޮންނަ މަކަރް ކިޔާ ރަށެއްގައި ކުރިސްޓިއަނު ފިރިހެނަކު އުޅެ އެވެ.
މައިކަލް އައްޔޫބު ކިޔާ އެމިހާ ބުނީ އޭނާ އެކަން ކުރަމުން އަންނަތާ މިހާރު 14 އަހަރުވެފައިވާ ކަމަށެވެ.
އޭނާ ހާރުކެއުމަށް މީހުން ހޭލެއްވުމަށް ބޭނުންކުރަނީ ތާރަ އެވެ. ހާރު ކާ ގަޑި ޖެހުމުން ތާރު ހިފައިގެން ޖަހަމުން އެ ރަށުގެ އެކި މަގުތަކުއި އޭނާ ހިނގަ އެވެ. އާންމުކޮށް އޭނާ އެކަން ކުރާނީ ދަންވަރު އެކަކުން ފެށިގެން ފަތިހު ހަތަރެއް ޖަހަންދެން ނެވެ.
އަޔޫބް ބުނީ އޭނާ އެކަން ކުރަންފެށީ އޭނާ ކުޑައިރު އެ ރަށުގައި އެކަން ކުރަމުން އައި މީހުން އެކަން ކުރުން ހުއްޓާލުމުންނެވެ. އޭނާ ބުނީ އޭނާ ކުޑައިރު އެކަންކުރާ ބައިވަރު މީހުން އުޅުނުކަމަށެވެ. އައްޔޫބު އިތުރަށް ބުނީ އޭނާ އެކަން ކުރަނީ އެކަމުން އޭނާއަށް ހިތްހަމަޖެހުން ލިބޭތީ ކަމަށެވެ.
އެ ރަށުގެ މުސްލިމުން އައްޔޫބަށް ވަރަށް ތައުރީފުކުރެ އެވެ. އަދި ހާރު ކައުމުގައި އެމީހުނާއެކު އޭނާވެސް ބައިވެރި ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް