އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޓައިޕޯ “covfefe” ރޯޔަލް ޖޯޑަނިއަން އޭއާރލައިންގެ އިޝްތިހާރެއްގައި ބޭނުންކޮށްފި އެވެ.
ޓްރަމްޕް ކުރި ޓްވީޓެއްގައި އިން އެ ލިޔުމުގެ ކުށުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް ބަޔަކު އަންނަނީ މާލާމާތް ރައްދުކުރަމުންނެވެ. ޓްރަމްޕް ފަހުންވަނީ އެ ޓްވީޓް ޑިލިޓްވެސް ކުރައްވާފަ އެވެ.
ރޯޔަލް ޖޯޑަނިއަން އެއާރލައިނުން ނެރުނު އިޝްތިހާރު ޕޯސްޓަރުގައި ލިޔެފައިވަނީ "އޮފަރިން ވައިޑް ކޮވްފީފީ އޮފް ދި ޔޫއެސް ތުރޫ އަވާރ ގޭޓަވޭ ސިޓީޒް" އެވެ.
ޖޯޑަނިއަން އޭއަރލައިނުންވަނީ މީގެ ކުރިންވެސް ޓްރަމްޕްއަށް ރިއާޔަތްކޮށް އެ މީހުންގެ އިޝްތިހާރުތައް ޢާންމުކޮށްފަ އެވެ. އެގޮތުން އެމެރިކާގެ ރިޔާސީ އިންތިޚާބު ދުވަސްކޮޅާއި ދިމާކޮށް އާންމުކުރި އިޝްތިހާރުތައް ފާހަގަކޮށްލެވެ އެވެ.
https://twitter.com/RoyalJordanian/status/795963062012542976
https://twitter.com/RoyalJordanian/status/844874897620905988
105 ހާސްއަށްވުރެ ގިނަ ރިޓްވީޑް ލިބުނު އެ ޓައިޕޯ ޓްވީޓްއާއި ގުޅިގެން ވިޔާފާރީ ކުރާ އެކި ފަރާތްތަކުން އަންނަނީ އޭގެ ބޭނުންކުރަމުންނެވެ. އެގޮތުން އެ ޓްވީޓް ކުރިތާ ތިން ގަޑިއިރު ތެރޭގައި އޮންލައިން ޝޮޕިން ވެބްސައިޓް އަމޭޒޮންގައި “covfefe” ޖަހާފައިހުރި ޓީޝާޓް ލިބެން ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް