މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަނދޮޅުގެ ދެ މުވައްޒަފުން ދޫކޮށްލައިފި

އއ. ކަނދޮޅު ރިސޯޓުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ މަސްތުވެގެން ތިއްބައި ފުލުހުން ގޮސް ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި އެވެ. ކަނދޮޅު ރިސޯޓުން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ހުކުރު ދުވަހުގެ ރޭ ދަނ...

07 Jun 2015 | 10:06

އއ. ކަނދޮޅު ރިސޯޓުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ މަސްތުވެގެން ތިއްބައި ފުލުހުން ގޮސް ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި އެވެ.

ކަނދޮޅު ރިސޯޓުން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ހުކުރު ދުވަހުގެ ރޭ ދަންވަރު 12:00 ހާއިރު އެ ރަށަށް ގޮސް ހައްޔަރުކުރީ އެ ރިސޯޓުގެ ހަތަރު ދިވެހި މުވައްޒަފެކެވެ.

އޭގެ ތެރެއިން ބަންދުގައި ބޭތިއްބީ މަސްތުވާތަކެއްޗަށް ޔޫރިން ޕޮޒިޓިވްވި ދެ މީހުން އެކަންޏެވެ.

ފުލުހުން ބުނީ އެ ދެމީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ ކަމަށެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންގޮސްފައެއްވެސް ނުވެ އެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް