އުމުރުން ދުވަސްވީ މީހުންނާއި ރައީސް މިރޭ ބައްދަލު ކުރައްވަނީ

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް މިރޭ މާހެފުމެއް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވި ގޮތުގައި އެ މާހެފުން އޮންނ...

07 Jun 2015 | 09:40

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް މިރޭ މާހެފުމެއް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވި ގޮތުގައި އެ މާހެފުން އޮންނާނީ މިރޭ 8:30 ގައި ކާނިވާ ސަރަހައްދުގަ އެވެ. މުއާޒު ވިދާޅުވީ މި މާހެފުމަކީ އެކި އުމުރުފުރައިގެ މީހުންނާއި ބައްދަލުކޮށް ހިޔާލު ބަދަލު ކުރެއްވުމަށް ފައްޓަވާފައިވާ ސިލްސިލާގެ ދަށުން ބާއްވާ ބައްދަލުވުމެއްކަމަށެވެ.

މި ސިލްސިލާގެ ދަށުން ރޭ ރައީސް ޔާމީން ވަނީ ޒުވާނުންނާއި ބައްދަލު ކުރައްވާފަ އެވެ. މިއީ ރައީސް ޔަމީން ވެރިކަމަށް ވަޑައިގެންނެވިފަހުން އުމުރުން ދުވަސްވީ މީހުންނާއި ވަކިން ބައްދަލު ކުރައްވާ ދެވަނަ ފަހަރެވެ.

އާއްމުކޮށް ހުޅުވާލައިގެން، މިދިޔަ ފެބްރުއަރީ މަހު ދަރުބާރުގޭގައި ކުރިން ބޭއްވެވި ބައްދަލުކުރެއްވުމުގައި ދޮށީ އުމުރުގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ބަލި އެނދުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމެއް ތައާރަފް ކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ. އޭރުން، އެ މީހުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުން ނުވަތަ ފަރުވާ އެ މީހުންނާ ހަމައަށް އަންނާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

.........

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް