އާސަންދައިގެ ދަތުރުތަށް ކުރުމަށް މޯލްޑިވިއަންއާއި ހަވާލު ކޮށްފި

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއާ ހަވާލުކޮށްފި އެވެ. އައިލެންޑް އޭވިއޭޝަން ހެޑް އޮފީހުގައި މިއ...

07 Jun 2015 | 07:22

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއާ ހަވާލުކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަން ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ އެއްބަސްވުމުގައި އާސަންދަ ކުންފުނީގެ ފަރާތުންސޮއިކުރެއްވީ މައުމޫނު އަބްދުލް ސަމަދެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އެވެ.

އެ އެގްރިމެންޓުގެ ދަށުން އާސަންދައިގެ ހުރިހާ އެތެރޭގެ އުދުހުންތަކާއި ރާއްޖެއިން ބޭރަށްކުރާ ވައިގެ އުދުހުންތަކެއް ހަމަޖައްސާނީ މޯލްޑިވިއަނުން ކަމަށެވެ. އެގޮތުން މޯލްޑިވިއަންގައި ޖާގަނެތް ނަމަ ނުވަތަ މޯލްޑިވިއަން އިން ދަތުރުނުކުރާ މަންޒިލްތަކަށް މީހުން ގެންދިއުމުގެ އިންތިޒާމްވެސް ހަމަޖައްސާނީ އެ އެއާލައިނުންނެވެ.

އެއްބަސްވުމުގެ ދަށުން މޯލްޑިވިއަންގެ ކޮންމެ ފްލައިޓެއް ކުރާ ދަތުރެއްގައިވެސް ނުވަ ގޮނޑި އާސަންދައަށް ހާއްސަކުރެވިފައި އިންނާނެ އެވެ.

އާސަންދަ ކުންފުނިން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އާސަންދައިގެ ދަށުން ދަތުރުކުރާ މީހުންގެ ކަންކަން އެއްތަނަކުން ހަމަޖެހިގެން ދިއުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް