ސްވެނިއާ ފިހާރައަކުން އެކި ފަހަރުމަތިން ވައްކަންކުރި މީހަކު އެއް އަހަރަށް ޖަލަށް

އެކި ފަހަރުމަތިން ސްވެނިއަރ ފިހާރައަކުން ވައްކަންކުރި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ. ވައްކަމުގެ ކުށް ސާބިތުވުމާ ގުޅިގެން މި ހިނގާ ޖޫން ތިންވަނަ ދުވަހު ޙުކުމްކޮށ...

07 Jun 2015 | 04:38

އެކި ފަހަރުމަތިން ސްވެނިއަރ ފިހާރައަކުން ވައްކަންކުރި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ.

ވައްކަމުގެ ކުށް ސާބިތުވުމާ ގުޅިގެން މި ހިނގާ ޖޫން ތިންވަނަ ދުވަހު ޙުކުމްކޮށްފައިވަނީ މާލެ، މއ. ރޮކްބީޗްވިއު، ޙުސައިން ޖުމާން (22އ) ގެ މައްޗަށެވެ.

މި މައްސަލައާ ގުޅިގެން ދަޢުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ވިޔަފާރި ކުރާތަނަކުން ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދެއްގެ ފައިސާއިން ވައްކަންކުރުމުގެ ކުށުގެ ދަޢުވާ އެވެ.

މި ދަޢުވާ ބެލުމަށްފަހު، ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ ހެކިންގެ ހެކިބަހުން ވައްކަންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން، ވައްކަންކުރުމުގެ ކުށުން ޙުސައިން ޖުމާން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މިއީ އޭނާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، ހަ މަސްދުވަހަށް، އަދި އޭނާ ވައްކަންކޮށްފައިވަނީ ވިޔަފާރިކުރާ ތަނަކުން ކަމަށްވާތީ ހަ މަސްދުވަހަށް، އެކު ޖުމްލަ އެއް އަހަރު ދުވަހުގެ މުއްދަތަށް މާލެ، މއ. ރޮކްބީޗްވިއު، ޙުސައިން ޖުމާން ޖަލަށްލުމަށް ޙުކުމްކުރާ ކަމަށްވެސް ކްރިމިނަލް ކޯޓުގެ ޤާޟިއްޔާގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް