އައްޑޫގައި ތިން މީހުންނާއެކު ކާރެއް މޫދަށް ވެއްޓިއްޖެ

އައްޑޫ ސިޓީ ގަމާއި ފޭދޫއާއި ދެމެދު އޮންނަ ފާލަންމަތިން ފަތިހުގެ ވަގުތެއްގައި ތިން މީޙުންނާއެކު ކާރެއް މޫދައް ވެއްޓިއްޖެ އެވެ. އައްޑޫ ނޫހެއް ކަމަށްވާ އައްޑޫ އޮންލައިންގައި ބުނެފައިވަނީ އެ ކާރު މޫދަށް ވ...

07 Jun 2015 | 04:28

އައްޑޫ ސިޓީ ގަމާއި ފޭދޫއާއި ދެމެދު އޮންނަ ފާލަންމަތިން ފަތިހުގެ ވަގުތެއްގައި ތިން މީޙުންނާއެކު ކާރެއް މޫދައް ވެއްޓިއްޖެ އެވެ.

އައްޑޫ ނޫހެއް ކަމަށްވާ އައްޑޫ އޮންލައިންގައި ބުނެފައިވަނީ އެ ކާރު މޫދަށް ވެއްޓުނީ ގަމާވީކޮޅުން ކަމަށާއި ވެއްޓިފައި އޮތީ ގަމުގެ ފާލަމުން ގަމުގެ ޒުވާނުންގެ މަރުކަޒުވީ ފަރާތަށް ކަމަށެވެ.

އެ ހާދިސާ ހިނގި ކަމަށް ވަނީ ފަތިހު 4:30 ހާއިރު އެވެ. ކާރު މޫދަށް ވެއްޓުނީ އެއާޕޯޓަށް ގޮސްފައި ދަނިކޮށް ކަމަށް މައުލޫމާތ ލިބެ އެވެ.

ފުލުހުން ބުނެފައިވަނީ ކާރު މޫދަށް ވެއްޓެން ދިމާވި މައިގަނޑު ސަބަބަކީ ކާރު ދުއްވަން އިން މީހާ މަގަށް ދޭން ވާ ސަމާލުކަން ނުދީ، ކާރުގެ ސެޓާ ކުޅެން އިނުމުން ކަމަށެވެ.

ތިން މީހުންނާ އެކު ކާރު މޫދަށް ވެއްޓުނު ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި އެކަމަކު ކާރަށް އެކި ވަރުގެ ގެއްލުންތައް ލިބުނު ކަމަށާއި ފުލުހުންނާއި ކާރުގެ ވަރި ފަރާތް ގުޅިގެން މިހާރު އެ ކާރު މޫދުން ނަގާފައިވާކަމަށްވެސް އައްޑޫ އޮންލައިންގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް