ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލެއްގައި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އޭސީ އައުޓްޑޯ ޔުނިޓެއް ހިފައިގެން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު ހެނދުނު 06:30 ހާއިރު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ހމަކުރާ ގޮތުގައި އިއްޒުއްދީންމަގު ފަލާހު ޕްރީ ސްކޫލް ކައިރިން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލް ޓޯ ކޮށް ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އޭސީ އައުޓްޑޯ ޔުނިޓް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ އަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން 31 ފަހަރު ހުއްޓުވައި ސުވާލުކޮށް 19 ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެސް 07 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށާއި އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ 02 މައްސަލައެއްގެ ތަޙުޤީޤު ނިންމައި ދަޢުވާ ކުރުމަށްވެސް ފޮނުވާފައިވާއިރު އޭނާ އަކީ ފޭރުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހެއް ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް