އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މީހާ ޝަރުތުތަކަކާއެކު ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު މާރާމާރީ ހިންގި ބިދޭސީ މީހާ ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ. އެގޮތުން ދެންމެ މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅ...

07 May 2024 | 14:33

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު މާރާމާރީ ހިންގި ބިދޭސީ މީހާ ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

އެގޮތުން ދެންމެ މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއެކު އެމީހާ ދޫކޮށްލީ ކޯޓުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު އެއާޕޯޓުން ހައްޔަރުކުރީ އެމެރިކާގެ ޕާސްޕޯޓު އޮތް ފިރިހެނެކެވެ. އޭނާ މާރާމާރީ ހިންގި ކަމަށްވަނީ އޭނާ ފުރަން ގެންދިޔަ ލަގެޖު ބަރުވުމުން ބަރުވި ބަޔަށް ފައިސާ ދައްކަން ޖެހުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް