ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި މާދަމާ އިންޑިއާއަށް ވަޑައިގަންނަވާނެކަމުގައި އެ ވުޒާރާއިން ބުނެފިއެވެ.
ޚާރިޖީ ވުޒާރާއިން ބުނެފައިވާގޮތުގައި ވަޒީރުގެ މި ދަތުރުފުޅަކީ މާދަމައިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވާނެކަމަށާއި ރާއްޖެއާއި އިންޑިއާގެ ގުޅުމާއިމެދު ދެ ވަޒީރުންގެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާނެކަމުގައިވެސް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
މިއީ ރައީސް މުއިއްޒުގެ ސަރުކާރުގެ އިސް ވެރިޔަކު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް