ޤައުމީ ޔުނިވާސިޓީން އޯގަސްޓް މަހު ފަށާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އޮގަސްޓް މަހުގެ ކޯސްތަކަށް ވަނުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މޭ މަހު 12 ވަނަ ދުވަހުން ފެށިގެން 25 ޖުލައި ވާ ބުރާސްފަތި ދުވަހުގެ 14:00 މިނެޓާ ހަމައަށް ކ...

07 May 2024 | 14:02

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އޮގަސްޓް މަހުގެ ކޯސްތަކަށް ވަނުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މޭ މަހު 12 ވަނަ ދުވަހުން ފެށިގެން 25 ޖުލައި ވާ ބުރާސްފަތި ދުވަހުގެ 14:00 މިނެޓާ ހަމައަށް ކޯހަށް ވަނުމަށް ފޯމު ހުށަހެޅޭނެ ކަމަށް އެމްއެންޔޫއިން ބުނެފިއެވެ. އެގޮތުން ސެމިސްޓާރ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 18 ވާ އާދިއްތަ ދުވަހު ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

އެމްއެންޔޫއިން އެކި ލެވެލްގެ 106 ކޯހަކަށް ވަނުމަށް ފުރުސަތު ހުޅުވާލާފައިވާއިރު ސެޓްފިކެޓް 3 އިން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ.

އެގޮތުން މި ކޯސްތަކާއި ބެހޭ އިތުރު މައުލޫމާތު، އެމްއެންޔޫގެ ޕޯޓަލް، ފޭސްބުކް ޕޭޖު އަދި ފޯން 3345155 މެދުވެރިކޮށް ލިބެން ހުންނާނެކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

އެމްއެންޔޫއިން ބުނީ ކޯސްތަކަށް އެޕްލައި ކުރަން ހަމަޖެހިފައިވަނީ އޮންލައިންކޮށް އެމްއެންޔޫގެ ޕޯޓަލް މެދުވެރިކޮށްކަމަށެވެ.

ކޯސްތަކާ ބެހޭ މައުލޫމާތު ލިބޭނެ ލިންކް:

https://courses.mnu.edu.mv

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް