ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރު އައްޔަންކުރަން ކޮމިޓީން މަރުހަލާގައި ފާސްކޮށްފި

ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ކޮމިޓީން މަރުހަލާގައި ފާސްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ދެ ބޭފުޅެއްގެ ނަން  ޓެކްސް ކ...

07 May 2024 | 13:54

ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ކޮމިޓީން މަރުހަލާގައި ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ދެ ބޭފުޅެއްގެ ނަން  ޓެކްސް ކޮމިޝަނަރުގެ މަގާމަށް ފޮނުއްވެވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. ރައީސް މަޖިލީހަށް ފޮނުއްވެވި ދެ ނަންފުޅަކީ، ކުރިން އެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ ނަންފުޅާއި ހަސަން ޒަރީރްގެ ނަންފުޅެވެ.

މި ދެ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އިންޓަވިއު އިންޓަވިއު ކުރުމަށްފަހު ފަހު ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ކޮމިޓީއިންވަނީ ވޯޓު ނަގާފައެވެ.

އެގޮތުން ހާޒިރުވެވަޑައިގެންނެވި ކޮމިޓީ މެންބަރުންގެ ތެރެއިން 10 މެންބަރުން ޒަރީރުއަށް ވޯޓު ދެއްވާފައި ވެއެވެ. ޔަޒީދުއަށް ވޯޓު ދެއްވާފައިވަނީ ހަތަރު މެންބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް