މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ވަގަށް ގެންދިޔަ މައްސަލައިގާ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ދެންމެ ބުނީ އެ މައްސަލައިގާ ބަޔަކު ހައްޔަރުކޮށްފައިވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ހައްޔަރުކުރީ ކިތައް މީހުންކަން އަދި އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
"އެމްއޭސީއެލްގެ އުޅަނދެއް ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރި، ބަޔަކު ވަނީ ހައްޔަރުކޮށްފައި" މިއަދު ފުލުހުން ބުނެފައިވެއެވެ.
އެމްއޭސީއެލްއިން ގެއްލުނީ އެ ކުންފުނީގެ އެމްޑީއާއި އިސްވެރިންގެ ބޭނުމަށް ބޭނުންކުރަމުންދިޔަ ހަތް ސީޓުގެ ލަގްޒަރީ ވެހިކަލެކެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު ގެއްލުނު އެ ވެހިކަލް މިދިޔަ މަހުގެ 31 ވަނަ ދުވަހު ހޯދާފައިވަނީ ހުޅުމާލޭގެ ގަރާޖެއްގެ ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް