ރައްޔިތުންގެ ވޯޓުން މަޖިލީހުގެ މެންބަރުން ވަކިކުރުމަށް ރިކޯލް ވޯޓު ނެގުމަށް ޤާނޫނުއަސާސީ އިސްލާޙު ކުރަން ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.
އެ ޕާޓީގެ ރައީސް އަދި، ހިނގަމުންމިދާ 19 ވަނަ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް މަޖިލީހަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފައިވާއިރު އޭނާ މި އިސްލާހު ހުށަހަޅާފައިވަނީ، އޭޕްރިލް މަހު 23 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާގައެވެ. މި ބިލް އަނބުރާ ގެންގޮސްފައިވަނީ އިއްޔެއެވެ.
ހަސަން ލަތީފް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވާ ބައިތަކަށް ބަލައިލާއިރު ރީކޯލް ވޯޓަކަށް ދާނެ ހާލަތްތަކުގެ ތެރޭގައި މެންބަރުގެ އަމިއްލަ އިސްނެގުމަށް އިންތިހާބުވި ޕާޓީއަކުން ވަކިވުން ނުވަތަ އެހެން ސިޔާސީ ޕާޓީ އަކަށް ބަދަލުވުމާއި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ޕާޓީއެއްގެ މެންބަރަކަށްވުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް