ޢުމްރާގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެ ފުރުސަތު މި މަހު 16 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.
މިގޮތުން 9 ފެބަރުއަރީ 2022 ގައި ގެޒެޓް ކުރެވިފައިވާ "ދިވެހި ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު" 5 ވަނަ މާއްދާގައި ޝަރުތުތަށް ހަމަވާ ކުންފުނިތަކަށް މި ޕްރޮޕޯސަލްއަށް ހުށަހެޅޭނެ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ވަނީ ބުނެފައެވެ.
ޢުމްރާއަށް މީހުން ގެންދިޔުމަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯޒަލް ފޮތްތަށް އެ މިނިސްޓްރީގެ ވެބްސައިޓްއިން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓަރީން ވަނީ ބުނެފައެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް އެ މިނިސްޓްރީން އަންގާފައިވަނީ ހުދު ސިޓީ އުރައެއްގައި ބަންދުކޮށް، ސިޓީ އުރަ ބޭރުގައި " ޢުމްރާއަށް މީހުން ގެންދިޔުމަށް އެދި" މިހެން ލިޔެފައެވެ.
މި ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތަކީ މި މަހު 12 ވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ގެ ނިޔަލަށެވެ. އެގޮތުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 9:00އިން 12:00 އަށް އެ މިނިސްޓްރީގެ ކައުންޓަރުން ޕްރޮޕޯޒަލްތައް ބަލައިގަންނާނެ ކަމުގައިވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް