ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީއެއް ހިންގި ބިދޭސީއަކު ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އިތުރު ތަފްސީލު ހާމަނުކޮށް ފުލުހުން ބުނެފައިވަނީ އެކަމެއް ހިނގީ މިއަދު ހެނދުނުގެ ވަގުތެއް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިޔޯޢަކުން ފެންނަގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ބިދޭސީ ފިރިހެނެކެވެ. ބިދޭސީ އެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށުން އެއާޕޯޓުން ގެންދާ މަންޒަރު އެ ވީޑިޔޯއިން ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް