ރައީސް ސޯލިހަށް ތާއީދުކޮށް، އެމްއާރުއެމްގެ މެމްބަރުންތަކެއް ޕާޓީން ވަކިވެއްޖެ

މޯލްޑިވްސް ރިފޯމް މޫވްމެންޓު (އެމްއާރުއެމް) ގެ މެމްބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ޕާޓީން ވަކިވެއްޖެ އެވެ. ޕާޓީން އިސްތިއުފާ ދެއްވާފައިވާ ގިނަ ބޭފުޅުންނަކީ މި ސަރުކާރުގެ ...

07 May 2023 | 16:42

މޯލްޑިވްސް ރިފޯމް މޫވްމެންޓު (އެމްއާރުއެމް) ގެ މެމްބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ޕާޓީން ވަކިވެއްޖެ އެވެ.

ޕާޓީން އިސްތިއުފާ ދެއްވާފައިވާ ގިނަ ބޭފުޅުންނަކީ މި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. ޖުމްލަ އަށް މެމްބަރަކު ޕާޓީން ވަކިވެ އިސްތިއުފާގެ ސިޓީ ފޮނުވާފައިވެ އެވެ.

އެ ސިޓީގައިި ބުނެފައިވަނީ އެމްއާރްއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެއްވި އިރުޝާދުގެ ދަށުން އުފެއްދި ޕާޓީއަކަށްވީ ނަމަވެސް އެމަނިކުފާނު ގެންގުޅުއްވި އަސާސްތަކާއި ފަލްސަފާތައް ފަނޑުވަމުން ގޮސް ވަކި ބަޔަކު ބޭނުންވާ މަގްސަދުތަކެއް ހާސިލް ކުރާ ހަތިޔާރަކަށް އެ ޕާޓީ ވެފައިވާ ކަމަށެވެ.

މި ސަރުކާރުގައި އެމްއާރްއެމް މުހިންމު ރޯލުތަކެއް އަދާ ކޮށްފައިވާ ކަމަށާއި ނަމަވެސް ފަހަކަށް އައިސް ޕާޓީގެ ބައެއް މެންބަރުން ހަރަކާތްތެރިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ކަނޑައެޅިގެން ދެކޮޅަށް ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ.އަދިކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމައި ދިނުމަށް ތަކުރާރުކޮށް އެދުމުން އެކަށްވެސް ނުވާ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް