ދިވެހި ސިވިލް ސާވަންޓުންގެ އިތުރު ގްރޫޕެއް ތަމްރީން ދަތުރެއްގައި އިންޑިއާއަށް ގޮސްފި އެވެ.
މި ގްރޫޕުގައި50 މުވައްޒަފުން ބައިވެރިވެރިވި އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ސިވިލް ސާވަންޓުން އިންޑިޔާއަށް ފުރާފައިވާއިރު ފުރަތަމަ ގްރޫޕް ފުރާފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. އަދި ދެވަނަ ގްރޫޕް ފުރާފައިވަނީ އިއްޔެއެވެ.
މި މުވައްޒަފުން ދެ ހަފްތާގެ ތަމްރީން އިންޑިއާގައި ފުރިހަމަ ކުރާނެ އެވެ.
މި ޕްރޮގްރާމުގައި އިންޑިއާގެ ސިވިލް ސާވިސްއާ ބެހޭގޮތުންނާއި، އިގުތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކިއެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނޭނެއެވެ. މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ސިވިލް ސާވިސްގެ ދާއިރާގައާއި ސަރުކާރު ހިންގުމުގައި އިންޑިއާގެ ތަޖުރިބާ ބައިވެރިންނާ ހިއްސާ ކުރާގޮތަށެވެ.
ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމަކީ ސިވިލް ސާވިސް ކޮމިޝަނާއި އިންޑިއާގެ ނޭޝަނަލް ސެންޓާ ފޯ ގުޑް ގަވާނަންސް (އެންސީޖީޖީ) އާ ދެމެދު 2019 ވަނަ އަހަރު ސޮއި ކުރި އެމްއޯޔޫއެއްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. ހުކުރު ދުވަހު ފުރާފައިވަނީ އެ އެ ހަރަކާތުގެ ދަށުން ތަމްރީނު ކުރާ 22 ވަނަ ބެޗެވެ. އިއްޔެ ފުރީ 23 ވަނަ ބެޗެވެ.
ނާސިޙް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން މިހާރު 600 އަށް ވުރެ ގިނަ މީހުން ތަމްރީނު ކުރެވިފައިވާ ކަމަށެވެ. މި ސަރުކާރުގެ ފަސް އަހަރު ނިމުމުގެ ކުރިން ސިވިލް ސާވިސްގެ 1،000 މުވައްޒަފުންނަށް ތަމްރީން ދިނުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް