ގައުމީ އެއާލައިން މޯލްޑިވިއަންއިން ބ. ދަރަވަންދޫއަށް އަލުން ދަތުރުތައް ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަންއިން އެ ރަށު އެއާޕޯޓަށް ކުރި ދަތުރުތައް ހުއްޓާލީ 2019 ވަނަ އަހަރު އެވެ.
އަލުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. އެ އެއާލައިނުން ބުނީ އެ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ޝެޑިއުލް ދަތުރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދަތުރުތަށް ފަށާއިރު ފެއާއެއްގެ ދަށުން އާންމު އަގަށްވުރެ ޓިކެޓު އަގުހެޔޮވާނެ އެވެ.
ގައުމީ އެއާލައިން އިން އަންނަނީ ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރަމުންނެވެ.
މޯލްޑިވިއަންއިން ވަނީ އެ އެއާލައިންގެ ފްލީޓު އިތުރު ކުރުމުގެ ގޮތުން މުޅިން އާ ތިން މަތިންދާ ބޯޓު މިއަހަރު ތެރޭގައި ރާއްޖެ ގެނެސް އޮޕަރޭޝަނަށް ނެރެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް