އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ސައިޓަށް ގެންދަން ފަށައިފި އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.
އެ ކުންފުނިން ބުނީ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. ބަނދަރު ފުންކުރުމާއި ބިންހިއްކުމުގެ މަސައްކަތުގެ 65 ޕަސެންޓް މިހާރު ވަނީ ނިމިފައި އެވެ.
މި މަޝްރޫޢުގެ ދަށުން، 24,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކާނެ އެވެ. އަދި 430 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން 185 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުމާއި، 7,171 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ރީޕްލެނިޝް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މައުލޫމާތުދެ އެވެ.
މި މަޝްރޫޢަކީ 21.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް