މި ސަރުކާރު ރަނގަޅުވާނީ އިންސާފުގެ ވާހަކަ ނުދެއްކުން: އަލީ ހުސައިން

މި ސަރުކާރު ރަނގަޅުވާނީ އިންސާފުގެ ވާހަކަ ނުދެއްކުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމ...

07 May 2023 | 07:25

މި ސަރުކާރު ރަނގަޅުވާނީ އިންސާފުގެ ވާހަކަ ނުދެއްކުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއަށް ދެ އަހަރު ފުރުނުއިރުވެސް އިންސާފު ހޯދައި ނުދެވޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ. ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލީ ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ.

އަލީގެ ޓުވީޓުގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ރައީސް ނަޝީދަށް ހޯދައި ނުދެވުނު އިންސާފެއް އެހެން މީހަކަށް ހޯދައެއް ނުދެވޭނެ ކަމަށެވެ. އެހެން ކަމުން އިންސާފުގެ ވާހަކަ މި ސަރުކާރުން ރަނގަޅުވާނީ ނުދެއްކުން ކަމަށް ވިދާޅުވި އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް