ޓެކްސަސްގެ މޯލްއެއްގައި މީހަކު ބަޑިޖަހައި އަށް މީހުން މަރާލައިފި

އެމެރިކާގެ ޓެކްސަސްގެ ޝޮޕިން މޯލްއެއްގެ ތެރޭގައި މީހަކު ބަޑި ޖަހައި އަށް މީހުން މަރާލައިފި އެވެ. ޓެކްސަސް ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެމީހާ މޯލްތެރެއަށް ވަދެ ބަޑި ޖަހަަން ފެށި އިރު ...

07 May 2023 | 06:24

އެމެރިކާގެ ޓެކްސަސްގެ ޝޮޕިން މޯލްއެއްގެ ތެރޭގައި މީހަކު ބަޑި ޖަހައި އަށް މީހުން މަރާލައިފި އެވެ.

ޓެކްސަސް ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެމީހާ މޯލްތެރެއަށް ވަދެ ބަޑި ޖަހަަން ފެށި އިރު އެތައް ސަތޭކަ ބަޔަކު މޯލް ތެރޭގައި އެކި ބޭނުންތަކުގައި ހަރަކާތްތެރިވަމުން ދިޔަ އެވެ. އެމީހާ ބަޑި ޖަހަމުން ދިޔައިރު މޯލް ތެރޭގައި އުޅުނީ އެކަންޏެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެ އެވެ. އަދި ޒަހަމްވި 10 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ބަޑި ޖަހަމުން ދިޔަ މީހާ ވަނީ ފުލުހުން މަރާލާފައި އެވެ.

ފުލުހުން ވަނީ އެ ސަރަހައްދުގައި އެމީހާ ހަރަކާތްތެރިވި ގޮތުގެ މަންޒަރު ފެނުނު މީހުން ހެކިބަސްދީ ވީޑިއޯއެއް އޮތް ނަމަ ހިއްސާ ކުރުމަށް އެދިފައި އެވެ.

މިއީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ އެކި ސަރަހައްދުތަކުގައި ބަޑި ޖެހުމުގެ 198 ހާދިސާ ހިނގާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް