ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެ ކުރި ފަސްލައްކަ ރުފިޔާގެ ޕާޓި ޑްރަގްސް އަތުލައިގެންފި

ޕޯސްޓު މެދުވެރުކޮށް ރާއްޖެ އެތެރެ ކުރި ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ މި ތަކެތި އަތުލައިގެނެވިފަ ވަނީ މިދިޔަ މަހުގެ28 ވަނަ ދުވަހު ވައިގެ މަގުނ...

07 May 2022 | 17:48

ޕޯސްޓު މެދުވެރުކޮށް ރާއްޖެ އެތެރެ ކުރި ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ މި ތަކެތި އަތުލައިގެނެވިފަ ވަނީ މިދިޔަ މަހުގެ28 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ ގެނައި ޕާރުސަލެއްގެ ތެރެއިން ކަމަށެވެ. އެ ޕާރުސަލްގެ ތެރެއިން 1.363 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.

ކަސްޓަމްސްއިން ބުނީ މިމަސްތުވާތަކެތީގެ މަގުމަތީ އަގު ފަސް ލައްކަ ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށެވެ.

މި މައްސަލައިގަ ތުހުމަތު ކުރެވޭ މީހަކު އަދި ހޯދިފައެއް ނުވެ އެވެ.

މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ޕޯސްޓު މެދުވެރިކޮށް ޕާޓީ ޑްރަގްސް އެތެރެ ކުރުމުގެ މައްސަލަތައް ފަޅާ އަރައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.

ކަސްޓަމްސްއިން ބުނީ މި ފަހަރުގެ މައްސަލައިގަ އަތުލައިގެން މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް