އަފްގާންގައި އަންހެނުން މޫނު ބުރުގާއެޅުން މަޖުބޫރުކޮށްފި، ނާޅާނަމަ އަދަބު އާއިލާގެ ފިރިހެނުންނަށް

އަފްގާނިސްތާނު އަންހެނުން އާންމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަޖުބޫރުކޮށްފި އެވެ. މިދިޔަ އަހަރު އޮގަސްޓު މަހު ތޯލިބާނުން ވެރިކަމާއި ހަވާލުވުމަށް ފަހު އޭގެ ކުރީ 20 އަހަރު އެ ގައުމުގައި ދީފައިވާ މިނ...

07 May 2022 | 16:11

އަފްގާނިސްތާނު އަންހެނުން އާންމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަޖުބޫރުކޮށްފި އެވެ.

މިދިޔަ އަހަރު އޮގަސްޓު މަހު ތޯލިބާނުން ވެރިކަމާއި ހަވާލުވުމަށް ފަހު އޭގެ ކުރީ 20 އަހަރު އެ ގައުމުގައި ދީފައިވާ މިނިވަންކަމުގެ ގިނަ ފިޔަވަޅުތައް ދަނީ އުވާލަމުންނެވެ. ހާއްސަކޮށް އިސްލާމް ދީނާއި ދެކޮޅު ހުރިހާ ފިޔަވަޅުތަކަކާއި އަންހެނުންނަށް އެކި ގޮތްގޮތުން ދީފައިއޮތް މިނިވަންކަން ދަނީ އުވާލަމުންނެވެ.

ތޯލިބާނުންގެ ސަރުކާރުން މިއަދު ބުނީ މިއަދުން ފެށިގެން އަންމު ތަންތަނަށް ނުކުންނަ އިރު އަންހެނުން މުޅި މޫނު ނިވާވާ ގޮތަށް ބުރުގާ އަޅަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ މި އެންގުމަކީ 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާއި ހަމައަށް އެ ގައުމުގައި ތޯލިބާނުން ވެރިކަން ކުރި އިރު އެޅުން މަޖުބޫރުކޮށްފައި އޮތް މޫނު ނިވާގޮތަށް އަޅާ ނޫކުލައިގެ ބުރުގާ އަޅަން ފަށަން ޖެހޭ ގޮތަށް އެންގި އެންގުމެއް ކަމަށެވެ.

ތޯލިބާނުން ބުނީ އަލަށް އެކުލަވާލި ގަވައިދާ ހިލާފުވާ ފަރާތްތަކަށް އަދަބު ދިނުމަށް ހާއްސަ ގަވައިދެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން އާންމު ތަންތަނަށް މޫނު ބުރުގާ ނާޅާ ނުކުންނަ އަންހެނުންގެ ބައްޕަ ނުވަތަ އާއިލާގެ ފިރިހެނުންނަށް އޭގެ އަދަބު ލިބޭނެ ކަމަށް ބުންޏެވެ.

އަދަބުގެ ގޮތުގުގައި ބައްޕަ އާއި އާއިލާގެ ފިރިހެނުން ޖަލަށް ލުމާއި ސަރުކާރުގެ ވަޒީފާއިން ވަކި ކުރުން ކަނޑައަޅާފައިވެ އެވެ.

ތޯލިބާނުން ވަނީ ވެރިކަމަށް އައިސް އަންހެން ކުދިން ތައުލީމު ހާސިލް ކުރާ ސްކޫލްތައް ބަންދުކޮށްފައި އެވެ. އަދި މިހާރު އަންހެނުން ޔުނިވާސިޓީއަށް ދިއުންވެސް ވަނީ މަނާކޮށްފަ އެވެ.

އަދި މަހުރަމަކާއި ނުލައި އަންހެނުން އާންމު ތަންތަނަށް ނުކުތުން މަނާކޮށްފައިވެ އެވެ. މީގެ އިތުރުން އާންމު ދަތުރުފަތުރުހެ ހިދުމަތް ހޯދަން ޖެހެނޭނީވެސް މޫނުބުރުގާ އަޅައިގެން މަހުރަމަކާއި އެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް