ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން އަލްހާން އިއުލާނު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ، 2023 ގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން މިރޭ ތަކުރާރުކޮށް އިއުލާނުކުރައްވައިފިއެވެ. އަލްހާން 2023 ހޭޝްޓެގްގައި މިރޭ އަލްހާން ޓްވީޓެއް ކުރެއް...

07 May 2022 | 14:55

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ، 2023 ގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން މިރޭ ތަކުރާރުކޮށް އިއުލާނުކުރައްވައިފިއެވެ.

އަލްހާން 2023 ހޭޝްޓެގްގައި މިރޭ އަލްހާން ޓްވީޓެއް ކުރެއްވުމުން، ދުވަހުން ސުވާލުކުރުމުން އަލްހާން ދުވަހާ ހިއްސާކުރެއްވީ 2020 ވަނަ އަހަރުގެ ޖޫންމަހު އަލްހާން ކުރެއްވި ޓްވީޓެކެވެ.

އެ ޓްވީޓްގައި އަލްހާން ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވާދަކުރުމަށް އޭނާ ނިންމާފައިވާކަމަށެވެ.

https://twitter.com/AlhanFahmy/status/1522947425845260290

ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން އަލްހާން ތަކުރާރުކޮށް މިރޭ ވިދާޅުވެފައިވާއިރު އަލްހާން ހިންގެވި ކިންގްސް ފޮރެކްސް ސްކީމްގައި ބައިވެރިވި ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އެ ފަރާތްތަކުން އިންވެސްޓް ކުރި ފައިސާ އަނބުރާ ނުލިބިގެން އަންނަނީ ޝަކުވާ ކުރަމުންނެވެ. އެ މައްސަލަ ފުލުހުންނާއި ސީއެމްޑީއޭއަށްވެސް އެ ފަރާތްތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

އެ ސްކީމްގައި 60 މިލިޔަނަށްވުރެ ގިނަ ރުފިޔާ 1300 އެއްހާ އާއްމުން އިންވެސްޓްކޮށްފައިވާއިރު މިރޭވެސް ބުނެފައިވަނީ އަދި އެ ފައިސާ ދެވޭނެ ހަމަ އެއްގޮތެއްވެސް ނެތް ކަމަށެވެ. ޖޫންމަހު ދެވިދާނެކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް