ފައްޔާޒަށް ފުރައްސާރަކުރުން ކުށްވެރިކުރަން: ކެމްޕޭން މެނޭޖަރ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ކެމްޕޭނުގެ ހަރަކާތްތަކުގައި ބައިވެރި ވާއިރު ޖިންސު ލައިގެން އުޅުއްވާތީ އެކަމާއި ގުޅިގެން އެމްޑީޕީގެ މާފަންނު މެދު ދާއ...

07 May 2022 | 14:13

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ކެމްޕޭނުގެ ހަރަކާތްތަކުގައި ބައިވެރި ވާއިރު ޖިންސު ލައިގެން އުޅުއްވާތީ އެކަމާއި ގުޅިގެން އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ދެއްކެވި ވާހަކަތައް ފައްޔާޒްގެ ކެމްޕޭން މެނޭޖަރ އިބްރާހިމް ވަހީދު (ވައްޑޭ) ކުށްވެރިކޮށްފިއެވެ.

އެމްޑީޕީގެ ހިންގާލަން ޓީމުގެ މެނޭޖަރ ވައްޑޭ މިހެން ވިދާޅުވެފައި ވަނީ ބޮންޑޭ މިއަދު ކުރެއްވި ޓުވީޓެއްގައި ދެއްކެވި ވާހަކަ ފުޅުތަކަކަށް އިޝާރަތްކުރައްވައެވެ.

އެގޮތުން ބޮންޑޭ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިލަވެ ހަރުއަރާފައިވާ ޖިންސެއްލައިގެން އަބަދު އުޅުމަކީ އަދި ގޭބިސީތަކަށް ވަނުމަކީ އެމްޑީޕީ މެމްބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީތަކަށް ޖިންސާއި ޓީޝާޓު ލައިގެން އަނގަފުރެންދެން ފޯއް އަޅައިގެން ވަނުމާ ދެކޮޅަށް ފާޑު ކިޔާ އެކަން ވެސް ވާނީ މިހާރު ހުއްޓުވާފައި ކަމަށާއި ދައުލަތު އިސްމަގާމުތަކުގައި ތިބޭ މީހުން ނަމޫނާ އަކަށް ވާންޖެހޭނެ ކަމަށެވެ.

ބޮންޑެގެ މި ޓްވީޓާއި ގުޅިގެން ފައްޔާޒްގެ ކެމްޕޭން ޓީމް މެނޭޖަރ ވައްޑޭ ކުރި ޓްވީޓެއްގައި ވިދާޅުވީ، ވާދަވެރި ކެންޑިޑޭޓްގެ ކެމްޕޭން ޓީމްގެ މެންބަރުން އެމްޑީޕީ ހިންގާލަން ކެންޑިޑޭޓަށް ފުރައްސާރަ ކުރުން ކުށްވެރި ކުރާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ޗެއާޕާސްކަމުގެ އިންތިހާބާ ދިމާކޮށް އެ ޕާޓީ ވަނީ ވަރަށް ބޮޑަށް ދެ ބައިވެ އަރާރުން އިތުރުވެފައެވެ.

https://twitter.com/ibreys/status/1522898303737733120

އެމްޑީޕީ ދެ ބައިވެފައިވަނީ ރައީސް ނަޝީދުގެ ބަޔާއި ރައީސް ޞާލިހުގެ ބަޔަށެވެ. ރައިސް ނަޝީދުގެ ބަޔަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)  ހުންނެވި އިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނިކުންނެވީ ރައީސް ޞާލިހު އާއި އެކުއެވެ.

ޕާޓީ ތެރޭގައި މި ދެ ބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ބޮޑެތި ތުހުމަތު ތަކެއް ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް