ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރާ ކަދުރުގެ މި އަހަރުގެ ޝިޕްމަންޓް މި ފެށޭ ހަފްތާގައި ލިބޭނެކަމުގައި އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރާއްޖެއެމްވީއަށް ދެއްވާފައިވާ އިންޓަވިއުއެއްގައެވެ.
މި މައުލޫގައި މިނިސްޓަރު ވިދާޅުވެފައިވަނީ ކުރީ ދުވަަހަކު 25 ޓަނު ކަދުރު ރާއްޖެ ގެނެސްފައިވާކަމަށާއި ހޮނިހިރު ދުވަހު އަނެއް 25 ޓަނުގެ ކަދުރު ލިބޭނެ ކަމަށެވެ. ސައޫދީ އެމްބަސީން އެ ކަދުރު ރަސްމީކޮށް މިނިސްޓްރީއާ ހަވާލުކުރާނީ މި ހަފްތާގައި ކަމުގައިވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
" ކަދުރު ހަވާލުކުރުމުގެ ކަންތައްތައް ރަސްމީކޮށް ކުރިއަށް ގެންދިޔުމަށް ސައޫދީ އެމްބަސީން ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓްރީއާ ކަދުރު ހަވާލު ކުރުމަށްފަހު ބެހުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ." ރާއްޖެ އެމްވީގައި ރިޕޯޓްކޮށްފައިވެއެވެ.
މިނިސްޓަރާ ހަވާލާދީ ރާއްޖެއެމްވީގައި އިތުރަށް ރިޕޯޓްކޮށްފައިވާގޮތުގައި ހުރިހާ ގެއަކަށް ކަދުރު ނުބެހުނު ނަމަވެސް، ކަދުރު ބަހާނީ އެންމެ ބޭނުންޖެހިފައިވާ ގޭބިސީތައް ކަނޑައެޅުމަށްފަހު، ހިސާބުކޮށް، އެ ގޭބިސީތަކަށް އިސްކަންދީގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް