ކ. މާފުށީގައި މާރާމާރީއެއް ހިންގަން އުޅުނު ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެކެވެ. މި ދެ ޒުވާނުންވެސް ހައްޔަރުކޮށްފައިވަނީ އިއްޔެެގެ ވަގުއްގައި މާފުށިން މާލެ އައިތަނުންނެވެ.
ފުލުހުން ބުނެފައިވަނީ މި ދެމީހުން ހައްޔަރުކުރީ މާފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވުމުން ކަމަށެވެ.
ހައްޔަރުކޮށްފައިވާ ދެ ޒުވާނުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެެވެ.
މާފުށީގައި މާރާމާރީއެއް ހިންގަން މި ދެ ޒުވާނުން އުޅުނުކަމަށް ބުނާއިރު މާލޭގައި ޢީދު ދުވަހު ދެ މާރާމާރީއެއް އަދި މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ދެ މާރާމާރީއެއް ހިންގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް