ރަސްމީ ދަތުރެއްގައި އެޑިއުކޭޝަން މިނިސްޓަރު މެލޭޝިއާގައި

ރަސްމީދަތުރުފުޅެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މެލޭޝިއާއަށް ވަޑައިގެންފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި މިނިސްޓަރު މިއަދު ވަނީ އެ ގައުމުގައި ހަދާފައިވަނީ އެޑި...

07 May 2022 | 10:31

ރަސްމީދަތުރުފުޅެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މެލޭޝިއާއަށް ވަޑައިގެންފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި މިނިސްޓަރު މިއަދު ވަނީ އެ ގައުމުގައި ހަދާފައިވަނީ އެޑިއު ސިޓީ އިސްކަންދަރަށް ޒިޔާރަތް ކުރައްވާފަ އެވެ. މި ޒިޔާރަތުގައި އެ ސަރަހައްދުގައި ހިމެނޭ ބައެއް ޔުނިވާސިޓީތަކާއި ސްކޫލްތަކާއި ޑްރޯން އެންޑް ރޮބޯޓިކް ޒޯނަށް ޒިޔާރަތް ކުރެއްވި އެވެ.

މެލޭޝިއާގެ އެޑިއު ސިޓީ އިސްކަންދަރަކީ 305 އޭކަރުގައި ހަދާފައިވާ ތައުލީމާއި ބެހޭ ދާއިރާތަކުގެ އެކި ތަންތަން ހުންނަ ސަރަހައްދެކެވެ. އެތަނުގައި ޔުނިވާސިޓީތަކާއި ޕްރައިމަރީ، ސެކަންޑްރީ އަދި ހަޔާ ސެކަންޑްރީ ސްކޫލްތަކުގެ އިތުރުން ރިސާޗް އެންޑް ޑިވެލޮޕްމެންޓު ސެންޓަރުތައް ހުރެ އެވެ.

މިނިސްޓަރު އިސްކަންދަރަށް ކުރައްވި މި ޒިޔާރަތުގައި ވަނީ ޓީޗަރުންނާއި ޕްރިންސިޕަލުން ބިނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

https://twitter.com/MoEdumv/status/1522840307590606848

އިސްކަންދަރަށް ކުރެއްވި ޒިޔާރަތަށް ފަހު މިނިސްޓަރު ވަނީ އެ ތަން ހުންނަ ހުންނަ މެލޭޝިއާ ޖޯހޮރް ސިޓީގެ ޗީފް މިނިސްޓަރު ހާފިޒް ގާޒީގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި އަރިހުގައި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން، ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު އަލީ ބައިވެރިވެވަޑައިގެންނަވާ ކަމަށެވެ. އަދި ފައިނޭންސް އެގްޒެކެޓިވް ނައުޝާދް އިބްރާހިމްގެ އިތުރުން އެޑިއުކޭޝަން އޮފިސަރު އިބްރާހިމް އިސްމާއިލް ބައިވެރިވެވަޑައިގެންނަވާ ކަމަށެވެ.

މި ދަތުރުފުޅަކީ މިއަދުން ފެށިގެން މިމަހުގެ13 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް