ޗައިނާގައި ވެއްޓުނު އިމާރާތެއްގެ ދަށުން ހަ ދުވަސް ފަހުން އަންހެނަކު ސަލާމަތް ކޮށްފި

ޗައިނާގެ ސިޓީއެއް ކަމަށްވާ ޗަންގްޝާގައި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ވެއްޓުނު އިމާރާތެއްގެ ދަށުން ދިރިހުއްޓަ އަންހެނަކު ސަލާމަތް ކޮށްފި އެވެ. އެމީހާ ސަލާމަތް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ...

07 May 2022 | 09:54

ޗައިނާގެ ސިޓީއެއް ކަމަށްވާ ޗަންގްޝާގައި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ވެއްޓުނު އިމާރާތެއްގެ ދަށުން ދިރިހުއްޓަ އަންހެނަކު ސަލާމަތް ކޮށްފި އެވެ.

އެމީހާ ސަލާމަތް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ. މި ހާދިސާގައި މިހާތަނަށް53 މީހުން މަރުވެފައިވާއިރު ދިރިހުއްޓަ10 މީހުން ސަލާމަތް ކޮށްފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ އަންހެން މީހާ ސަލާމަތް ކުރިއިރު 132 ގަޑިއިރު އިމާރާތުގެ ދަށުގައި ތާށިވެފައި އޮތުމުން ހާލަތު އޮތީ ވަރަށް ދަށްވެފައި އެވެ. އެކަމަކު ސަލާމަތް ކުރި އިރު އޭނާ ހޭވެރިކަން ހުރިކަމަށާއި ކުރާ ސުވާލުތަކަށް ވަރުބަލި ކަމާއި އެކު މަޑުމަޑުން ޖަވާބު ދެމުން ދިޔަ ކަމަށެވެ.

މިއީ އިމާރާަތުގެ ދަސުގައި ތާށިވެފައިވާ މީހުންގެ ތެރެއިން ދިރިހުއްޓަ މިހާ ފަހުން ސަލާމަތް ކުރެވުނު ދެ ވަނަ މީހާ އެވެ. ފުރަތަމަ ސަލާމަތް ކުރެވުނ ީ88 ގަޑިއިރު ފަހުން21 އަހަރުގެ ޒުވާން އަންހެނެކެވެ.

އެ އަންހެން މީހާ ބުނީ އިމާރާތް ވެއްޓުނު އިރު އޭނާ އޮތީ އެނދުގައި ނިދަން ކަމަށެވެ. ވެއްޓުނު އިމާރާތުގައި އޭނާ ތަށިވީ ހަތަރު ވަނަ ފަންގިފިލާ އާއި ހިސާބުގައި ކަމަށާއި އޭނާ ސަލާމަތްވީ އޭނާ ބޯމައްޗަށް ވާގޮތަށް ބެރިއެއް އޮތުމުން ފާރެއް ނުވަތަ އިތުރު އެއްޗެ ނުވެއްޓުނީ ކަމަށެވެ. އެ އަންހެން މީހާ ބުނީ އޭނާ ކާއެއްޗަކަށް ބޭނުން ކުރީ އަތުޖެހޭ ހިސާބުގައިި އޮތް ފެންފުޅިއެއް ބޮއެގެން ކަމަށެވެ.

އެ އަންހެން މީހާ އޮތީ ގައިގަ ރަޖާވެސް އަޅައިގެންނެވެ. އޭނާ ބުނީ ވެއްޓި ތަށިވި ހިސާބުގައި ހަމަޖެހެވުނުކަން ޔަގީންވުމުން ކަމާ ބެހޭ ފަރާތްތަކަށް ގުޅަން ފޯނު ނެގި އިރު ސިގްނަލް ނުލިބޭ ކަމަށެވެ. އޭނާ ބުނީ ދޭތެރެ ދޭތެރެއިން ފޯނު އަލިކޮށްގެން ވަރަށް މަދުން ފޯނު ބޭނުން ކޮށްގެން އޭނާ ސަލާމަތް ވުމާއި ހަމައަށް ފޯނުން ޗާޖު ނުދާވަރުކޮށްގެން ގެންގުޅެވުނު ކަމަށެވެ.

މި އިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމަށް ކުދި ޑްރޯން ދަނީ ބޭނުން ކުރަމުންނެވެ. އަދި ކުއްތާ އާއި ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތަކުގައި ތެޅުން ފަދަ ސަގާފީ ކަންކަން ދަނީ ކުރަމުންނެވެ.

މި އިމާރާތް ކުރި ފަރާތްތައް ޗައިނާ ސަރުކާރުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ހާދިސާ ހިނގަން މެދުވެރިވީ އިމާރާތް ކުރުމުގައި ފަރުވާކުޑަކޮށްފައިވާތީ ކަމަށް ތަހުގީގަށް މިހާތަނަށް ހޯދުނު މައުލޫމާތުތަކުން އެނގޭ ކަމަށްވެ އެވެ.

އެއީ އާންމުން ދިރިއުޅޭ އިމާރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް