ކޮޅިގަނޑު އުފެދިއްޖެ، މާދަމާ ތޫފާނަަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު

ބަންގާޅު ކަނޑުގައި އުފެދުނު ސައިކްލޯނިކް ފޯމޭޝަން، މިހާރު (ވެލް މާކްޑް ލޯ ޕްރެޝަރ) "ކޮޅިގަނޑަކަށް" ބަދަލުވެފައިވާއިރު މާދަމާ ހަވީރެއްހާއިރު ތޫފާނަަކަށް ބަދަލުވާނެކަމަށް ލަފާކޮށްފިއެވެ. މި ލަފާކޮށްފައި...

07 May 2022 | 09:09

ބަންގާޅު ކަނޑުގައި އުފެދުނު ސައިކްލޯނިކް ފޯމޭޝަން، މިހާރު (ވެލް މާކްޑް ލޯ ޕްރެޝަރ) "ކޮޅިގަނޑަކަށް" ބަދަލުވެފައިވާއިރު މާދަމާ ހަވީރެއްހާއިރު ތޫފާނަަކަށް ބަދަލުވާނެކަމަށް ލަފާކޮށްފިއެވެ.

މި ލަފާކޮށްފައިވަނީ އިންޑިއާގައި ގާއިމްކޮށްފައިހުންނަ ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިންނެވެ.

މި ކޮޅިގަނޑު ތޫފާނަަކަށް ބަދަލުވެއްޖެނަމަ، މި ތޫފާނަށް ދޭނެ ނަމަކީ ތޫފާނަ އަސަނި ނުވަތަ އަސާނީ އެވެ. މިއީ ލަންކާއިން ދޭ ނަމެކެވެ.

މި ސެޓަޕް ދަތުރުކުރަމުންދަނީ އިންޑިއާގެ އަންދުރަޕްރަދޭޝާއި އޮޑީޝާއާއި ދިމާއަށެވެ. ނަަމަވެސް މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ކޮންމެވެސް ވަރަކަށް ރާއްޖެއަށްވެސް މިދަނީ ކުރަމުންނެވެ.

އެގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން މެޓް އޮފީހުން ވިދާޅުވީ މި ކޮޅިގަނޑުގެ ސަބަބުން ރާއްޖެ ސަރަހައްދުގައި ވައި ގަދަވަމުން އަންނަ ކަމަށެވެ. ކަނޑުވެސް ގަދަ ކަމަށެވެ. އެގޮތުން އާންމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ވައި ޖެހޭއިރު ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް މެޓުން ލަފާކުރެއެވެ. ވިލާގަނޑުގައި ކަނޑުވެސް އިތުރަށް ގަދަވާނެކަމަށް މެޓުން ބުނެއެވެ.

ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެނަމަ ވެގެންދާނީ މި އަހަރު މި ސަރަަހައްދުގައި އުފެދޭ ފުރަތަމަ ތޫފާނަށެވެ. އެންމެ ފަހުން މި ސަރަހައްދުގައި އުފެދުނު ތޫފާން "ޖަވާދު" އުފެދުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް