އެމްޑީޕީގެ ޗެއާޕާސަންކަމުގެ ބަހުސްގެ ގޮތުގައި ރާއްޖެ ޓީވީއިން ގެނެސް ދިނުމަށް ނިންމާފައިވާ ބަހުސްގައި، ތައްޔާރު ވާނެ ވަގުތު ނެތުމާއި ގުޅިގެން ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމއްބަރު އިމްތިޔާޒު ފަހުމީ (އިންތި) ބައިވެރި ނުވުމަށް ނިންމަވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރިމަތިލައްވާ ދެ ބޭފުޅުންގެ ބަހުސެއް މާދަމާ ރޭ ބޭއްވުމަށް އިންތިޒާމު ކޮށްފައިވަނީ ރާއްޖެ ޓީވީއިންނެވެ.
މި ބަހުސުގައި އިންތި ބައިވެރިނުވާ ކަމަށް ނިންމި ނަމަވެސް ފައްޔާޒުވަނީ މި ބަހުސަށް ތައްޔާރު ކަމަށް ވިދާޅުވެފައެވެ.
މާދަމާ ރޭ ލައިވްކޮށް ބަހުސް ގެނެސްދޭ އިރު އިންތި ދަނީ ފޯރިއާއެކު ކެންޕެއިން ކުރެއްވުމަށް ހއ. އަތޮޅުގައި ހަރަކާތްރެވަމުންނެވެ.
އިންތިގެ ކެމްޕެއިންގައި އިސް ކޮށް ހަރަކާތްތެރިވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މިއަދު ވިދާޅުވީ ކެންޑިޑޭޓެއްގެ ބަހުސްގެ ތާރީހާއި ވަގުތު ކަނޑައަޅާނީ ހުރިހާ ކެންޑިޑޭޓުން އެއްބަސްވާ ގޮތަކަށް ކަމަށެވެ. އަދި ބަހުސް އިންތިޒާމު ކުރާ ފަރާތުން އެކަން ކުރާނީ އެތަނުން އެއް ކެންޑިޑޭޓެއްގެ ކެމްޕެއިން މެނޭޖަރު ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސްކަމުގެ އިންތިހާބާ ދިމާކޮށް އެ ޕާޓީ ވަނީ ވަރަށް ބޮޑަށް ދެ ބައިވެ އަރާރުން އިތުރުވެފައިވެ އެވެ. ޕާޓީ ތެރޭގައި މި ދެ ބައިމީހުން އެއްބަޔަކު އަނެއްބަކަށް ބޮޑަތި ތުހުމަތު ތަކެއް ދަނީ ކުރަމުންނެވެ.
އެމްޑީޕީ ދެ ބައިވެފައިވަނީ ރައީސް ނަޝީދުގެ ބަޔާއި ރައީސް ސާލިހުގެ ބަޔަށެވެ. ރައިސް ނަޝީދުގެ ބަޔަށް އިންތި ހުންނެވި އިރު ފައްޔާޒު ނިކުންނެވީ ރައީސް ސާލިހު އާއި އެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް