މި އަހަރުގެ އޭޝިއަން ގޭމްސް ބާއްވަން ހަމަޖެހިފައިވާ ތާރީހު ފަސްކުރަން ނިންމައިފި އެވެ.
މިކަން އިއުލާންކޮށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން ބުނީ ސެޕްޓެމްބަރު މަހުގެ 10 އިން 25 އަށް ޗައިނާގެ ހަންގްޒޯގައި ބާއްވަން އޮތް 19 ވަނަ އޭޝިއަން ގޭމްސް ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ.
މި ނިންމުމަކީ ޗައިނާގައި ކޮވިޑްގެ ހާލަތު އަދިވެސް ގޯސްކޮށް އޮތުމާ އެކު ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބުންޏެވެ.
މުބާރާތް ފަސްކޮށް އޯސީއޭ އިން އިން ނެރުނު ބަޔާނެއްގައި ބުނީ އޭޝިއަން ގޭމްސް ދެން ބާއްވާނެ ތާރީހެއް ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަކާ މަޝްވަރާކޮށް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ
އޭޝިއަން ގޭމްސް އަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފަހުން އޭޝިއަން ގޭމްސް ބޭއްވީ 2018 ގައި އިންޑޮނީޝިއާގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް