ދިވެހިންގެ ތެރޭގައި ގިނަ ލަވަ ތަކަކީ އިހުގެ ލަވަތަކެއް ނަމަވެސް ދިވެހިންގެ ދުލު ކުރީގައި އަބަދުގެ އަބަދަށް ހަރުލާފައި ހުންނަ ލަވަ ތަކެކެވެ.
އިހުގެ އެތަށް ޝާއިރުންނަކާއި ޝާއިރާއިންނެއްގެ މޮޅެތި ބަހުގެ ހަމަތަށް އަތުރާލެވެފިވާ ގޮތް ބަލައި އެއަށް ތައުރީފު އޮހޮރަނީކީ ދިވެހިން އެކަންޏެއް ނޫނެވެ. ބޭރުގެ އެތަށް ފަންނާނުންނެއް ދިވިހެންގެ މޮޅު ކަމާ ފަށުވިކަމަށް ތައުރީފުތަށް އޮހޮރައެވެ.
މި ލަވަތަކަކީ ދިވެހި ބަހުން އައިސްފައި ހުރި ލަވަތަކެއް ނަމަވެސް މި ލަވަތައް އެ ބައި މީހުން ކިޔާ ހަދައެވެ.
މި ފަހަރުވެސް މި އޮތީ ދިވެހިންގެ މަގުބޫލު އިހުގެ ލަވައެއްކަމުގައިވާ '' ދުލާ ކަރުތަލިން'' މި ލަވަ ބޭރު ގައުމެއްގެ ފަންނާނެއްގެ އަޑުން އިއްވާލާފައެވެ. ދިވެހި ބަސްތަށް ކިޔުމުގައި އުނދަގޫ ކަމެއް ފާހަގަ ކުރެވުނު ނަމަވެސް އަވައްޓެރި ބަންގްލަދޭޝްގެ ފަންނާނެއްކަމަށްވާ ސާއިމް ގެ އަޑުން މި ލަވަ ކިޔާފައިވާ އިރު ވަރަށް ފުރިހަމައެވެ.
https://www.youtube.com/watch?v=hNsKpSwm8gg
"ދުލާ ކަރު ތަލިން ކުޅު މަގޭ ހިކި ދަނިއްޔޭ
ތުރާ ހިތްމަ ކޮށްފާ އަދަން ނެތި ދަނިއްޔޭ"
ފަރިއްސެއް ގޮތުގައި ލިޔެވި ފުރިހަމަ ރާގެއް ލާފައި ކިޔޭ މި ލަވައިގެ ޝާއިރަކީ ކުޅުދުއްފުށީ ލަގޮނޑި މާލިމީ ކަމުގައި ގިނަ ފަރާތްތަކުން ބުނެއުޅެއެވެ. ނަމަވެސް އަނެއް ބަޔަކު ބުނެ އުޅޭ ގޮތުން މިފަރިހީގެ އަސްލު ފަރިއްސަކީ ތަކަންދޫ ޝާޢިރެއް ކަމުގައިވާ އެރަށު ކަތީބުކަލޭފާނުގެ ފުތް އައިސާފުޅުދައިތައެވެ.
މި ފަރިއްސަކީ މި ފަރިހީގެ އަސްލު ޝާއިރު ހޯދިފައި ނުވާ ބޮޑަތި ދެބަސްވުން ތަކަށް ގޮސްފައިވާ ފަރިއްސެކެވެ. މި ފަރިހީގެ އަސްލު ކަމުގައި މަޝްހޫރު ލަވަކިޔުން ތެރިޔާ އުނޫޝާގެ ކާފަ ކަމުގައި ވެސް ބުނެ އުޅެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް