އޭއާރް ރަހްމާންގެ ދޮށީ އަންހެން ދަރިފުޅު ކައިވެނިކޮށްފި

އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރު އޭ އާރު ރަހްމާންގެ ދޮށީ އަންހެން ދަރިފުޅު ހަދީޖާ ރަހްމާން ކައިވެނިކޮށްފި އެވެ. ހަދީޖާ ކައިވެނި ކުރިކަން އޭއާރު ރަހްމާންގެ އިތުރުން ހަދީޖާވެސް ވަނީ އިންސްޓަގްރާމ...

07 May 2022 | 05:29

އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރު އޭ އާރު ރަހްމާންގެ ދޮށީ އަންހެން ދަރިފުޅު ހަދީޖާ ރަހްމާން ކައިވެނިކޮށްފި އެވެ.

ހަދީޖާ ކައިވެނި ކުރިކަން އޭއާރު ރަހްމާންގެ އިތުރުން ހަދީޖާވެސް ވަނީ އިންސްޓަގްރާމްގައި ހާމަކޮށްފަ އެވެ. އޭނާ ކައިވެނި ކޮށްފައިވަނީ އޯޑިއޯ އިންޖީނިއަރެއް ކަމަށްވާ، ރިޔާޒުއްދީން ޝެއިހް މުހައްމަދުއާ އެވެ.

މި ކައިވެނި ކޮށްފައިވަނީ އިންޑިއާގެ ޗެންނާއީގައި އެވެ. ކައިވެނީގެ ހަފްލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާ އާއި ގާތް އެކުވެރިން އެކަންޏެވެ.

ހަދީޖާ އާއި ރިޔާޒުއްދީން އެންގޭޖުވެފައިވަނީ މިދިޔަ ޑިސެމްބަރު ފަހުކޮޅު އެވެ. ކައިވެންޏަށް ފަހު ހަދީޖާ ބުނީ މިއީ އޭނާގެ ހަޔާތުގައި އެންމެ އިންތިޒާރު ކުރި ދުވަސް ކަމަށެވެ.

https://www.instagram.com/p/CdL-T-DPh3S/

https://www.instagram.com/p/CdLuEkvvJIo/

ބައްޕަހާ މަޝްހޫރު ނުވިޔަސް ހަދީޖާ އަކީވެސް ލަވަކިޔުންތެރިއެކެވެ. އަދި އޭނާ އަކީ އޯޓިޒަމް އެވެއާނަސްގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާ މީހެކެވެ.

ހަދީޖާއަށް އެންމެ ބޮޑު ފާޑު ކިޔުމެއް އަބަދުވެސް އަމާޒުވަނީ ލަވަކިޔުމާއި ބައްޕަގެ ދާއިރާއާ ގުޅުން ހުންނަ މަސައްކަތްތައް ކުރާއިރު މޫނު ބުރުގާ އަޅާފައި ހުންނާތީ އެވެ. ހަދީޖާ ކައިވެނީގެ ހަފްލާގައިވެސް މާސްކު އަޅައި މޫނު ބުރުގާގެ ގޮތުގައި މާސްކު ބޭނުން ކޮށްފައިވެ އެވެ.

މީހުންގެ ފާޑުކިޔުންތަކާއި ގުޅިގެން ހަދީޖާ މީގެ ކުރިން ބުނެފައިވަނީ މޫނު ބުރުގާ އެޅުމަކީ އޭނާ އަމިއްލަ އިހުތިޔާރުގައި ނިންމި ނިންމުމެއް ކަމަށެވެ. އަދި އެކަމުގައި އޭނާގެ މައިންބަފައިންގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް ބުންޏެވެ.

އޭއާރު ރަހްމާން އާއި އަންހެނުން ސައިރާ ބަނޫގެ ތިބެނީ ހަދީޖާ އާއި ރަހީމާ ރަހްމާންގެ އިތުރުން ފިރިހެން ދަރިފުޅު އޭއާރު އަމީނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް