އުމްރާއަށް ގޮސް އުޅުނު ރ. މީދޫ މީހަކު ނިޔާވެއްޖެ

އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ އެވެ. ނިޔާވެފައި ވަނީ ރ. މީދޫ އުމުރުން 71 އަހަރުގެ ސައިދު ޔޫސުފެވެ. އޭނާ އުމްރާއަށް ގޮސްގެން އުޅުނީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލްސްގެ ފަރާތުންނެވެ...

07 May 2022 | 04:40

އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ރ. މީދޫ އުމުރުން 71 އަހަރުގެ ސައިދު ޔޫސުފެވެ. އޭނާ އުމްރާއަށް ގޮސްގެން އުޅުނީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލްސްގެ ފަރާތުންނެވެ.

އެ ޖަމާއަތުން ވަނީ ސައީދު ނިޔާވިކަން ހާމަކޮށްފަ އެވެ.

ޒަމްޒަމް ގްރޫޕުން ބުނީ ސައީދު ނިޔާވީ މައްކާގައި ހުންނަ ކިންގް ފައިސަލް ހޮސްޕިޓަލުން ފަރުވާ ދެމުންދަނިކޮށް ކަމަށެވެ. އޭނާ ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނު ސަބަބު ހާމައެއް ނުކުރެ އެވެ.

މިއީ ރޯދަ މަހުގެ އުމްރާއަށް މިއަހަރު ދިޔަ ދިވެހިންގެ ތެރެއިން ނިޔާވި ދެވަނަ މީހާ އެވެ.

އުމްރާގެ މާތް އަޅުކަމަށް ގޮސް އުޅެނިކޮށް މިދިޔަ މަހުގެ ފަހުކޮޅު ވެސް މީހަކު ނިޔާވިއެވެ. ނިޔާވެފައި ވަނީ ބ. އޭދަފުށި ބަގީޗާގޭ/ އަބޫބަކުރު ހަސަންއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް