ކިއުބާގެ ލަގްޒަރީ ހޮޓަލެއްގައި ބާރުގަދަ އެއްޗެއް ގޮވައި 22 މީހުން މަރުވެއްޖެ

ކިއުބާގެ ވެރިރަށް ހަވާނާގައި ހުންނަ ލަގްޒަރީ ހޮޓަލެެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 22 މީހުން މަރުވެއްޖެ އެވެ. ބާރުގަދަ ގޮވުމެއް ގޮވީ އެ ގައުމުގެ މަޝްހޫރު އަދި ޓޫރިސްޓުން ގިނަ އަދަދަކަށް ދާ ސަރަޓޯގާ ހ...

07 May 2022 | 04:18

ކިއުބާގެ ވެރިރަށް ހަވާނާގައި ހުންނަ ލަގްޒަރީ ހޮޓަލެެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 22 މީހުން މަރުވެއްޖެ އެވެ.

ބާރުގަދަ ގޮވުމެއް ގޮވީ އެ ގައުމުގެ މަޝްހޫރު އަދި ޓޫރިސްޓުން ގިނަ އަދަދަކަށް ދާ ސަރަޓޯގާ ހޮޓެލްގައި އެވެ. މި ހާދިސާ ހިނގީ ގޭސް ލީކުވެގެން ކަމަށްވެ އެވެ.

ކިއުބާ ސަރުކާރުން ބުނީ 22 މީހުން މަރުވުމުގެ އިތުރުން މިހާދިސާގައި 64 މީހުންނަށް އަނިޔާވި ކަމަށެވެ. ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނެ އެވެ.

މަންޒަރު ދުށް މީހުން ބުނީ ހޮޓެލްގެ ތެރެއިން އައި ބާރުގަދަ އަޑާއި އެކު މުޅި ސަރަހައްދު ގުޑުމުގެ އިތުރުން ހޮޓަލުގެ ދޮރުތަކާއި އެތާ ކައިރީގައި ޕާކު ކޮށްފައި ހުރި ކާރުތައްވެސް ވަގުތުން ހަލާކުވި ކަމަށެވެ. މި ހާދިސާގައި އެ ހޮޓަލުގެ ބޭސްމަންގައި އިތުރު ބަޔަކު ތާށިވެފައި ތިބިކަމަށް ބެލެވޭތީ އެތަން ބެލުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު ޓީމުންތަކުން ދަނީ ކުރަމުންނެވެ.

ހާދިސާ ޙިނގި އިރު އެ ހޮޓާ ހުރީ މަރާމާރަތަށް ބަންދުކޮށްފަ އެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޓޫރިސްޓަކު ނުހިމެނެ އެވެ.

މިއީ ކިއުބާގައި މިވަގުތު ހުރި އެންމެ މުހިންމު އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. 1930 ވަނަ އަހަރު އިމާރާތް ކުރި އެ ހޮޓާ މި ޒަމާނަށް ފެތޭގޮތަށް މަރާމާތުކޮށް އަލުން ހުޅުވީ 2005 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް