އިތުބާރުހިފޭ މަގާމެއްގައި ހުރެ އެއް އާއިލާއެއްގެ ހަ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ދުވަަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މާލެ ސަރަހައްދުގައި ކުޑަކުދިންތަކަަކށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް މާރިޗް މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅުނު ކަމަށާއި އެ މައްސަލައާއި ގުޅިގެން އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 55 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެމީހާގެ ބަންދަށް ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް