ފޯކައިދޫން ފުރައިގެން މާލެ ދަތުރުކުރަމުންދަނިކޮށް ޅ. ހިންނަވަރު ކައިރިން ފަރަށް އެރި ފެރީގައި ތިބި އެންމެން ސަލާމަތުން އެ އަތޮޅު ނައިފަރަށް ގެންގޮސްފިއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން މެރިން ޕޮލިހުން ބުނެފައިވަނީ ބޯޓުން ދަަތުރުކުރި 130 މީހުން މިހާރު ވަނީ ނައިފަރަށް ސަލާމަތުން ގެންދެވިފައިކަމަށާއި ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ފުލުހުންނާއި އެމްއެންޑީއެފް އަދި އޮޑިވެރިފަރާތުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
130 މީހުންނާއެކު ފަރަށްއެރި އެ ފެރީއަކީ ޢީދު ބަންދަށް އެ ރަށަށް/އަތޮޅަށް ދަތުރުކުރި މީހުން ގޮވައިގެން މާލެއަށް އައުމަށް ދަތުރުކުރަމުންދިޔަ ފެރީއެކެވެ. އެ ފެރީ ފަރަށް އެރި އިރު ފެރީގައި ކުޑަކުދިންނާއި އަންހެނުން ތިބި ކަމަށް ސިފައިންނާއި ފުލުހުން ބުނެފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 08:30 ހާއިރުގައެވެ. ފަރަށް އަރާފައިވަނީ ފުރާގު 2 ނަމަކަށްކިޔާ ފެރީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް