ކޯވިޑް ގިނަ ކޭސްތަކެއް ފެނި ފުނަދޫ މޮނިޓަރިންއަށް

ށ. ފުނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ފުނަދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް...

07 May 2021 | 18:46

ށ. ފުނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ފުނަދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ފުނަދޫ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދާ ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި އެ ރަށުން ޕޮސިޓިވްވެފައިވަނީ ހަދަމުން ދިޔަ ދޯންޏެއް ބަލާ ފުނަދޫއަށް ދިޔަ ފަސް މީހެކެވެ. އެމީހުން ކޯވިޑަށް ޓެސްޓު ކުރީ އޭގެ ތެރެއިން ބަލީގެ އަލާމާތް ތިން މީހެއްގެ ފަރާތުން ފެންނާތީ ކަމަށާއި ޓެސްޓު ކުރި އިރު ހުރިހާ އެންމެން ކޯވިޑަށް ޕޮސިޓިވް ކަމަށެވެ.

އަދި އެ ރަށާއި މާލެ އާއި ދޭތެރޭ ދަތުރު ކުރާ މުދާ އުފުލާ ބޯޓެއްގެ ދެ ފަޅުވެރިއަކުވެސް ވަނީ ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. މީގެ އިތުރުން ހޯމް ކަރަންޓީންގައި ތިބި ދެ މީހަކު ތިބި ގެއެއްގެ ކުއްޖަކުވެސް ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.

މި ކޭސްތަކާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ކޯވިޑް ކޭސްތަކާއި ގުޅިގެން މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ 29 ރަށެކެވެ. އޭގެ ތެރެއިން މިއަދު މޮނިޓަރިންއަށް ލާފައިވަނީ ފުނަދޫ އާއި ނ. ވެލިދޫ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް