ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް ޕީޕީއެމް ނައިބު ރައީސް އޭޑީކޭއަށް ވަޑައިގެންފި

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އޭޑިކޭ ހޮސްޕިޓަލަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ބައްލަވައިފި އެވެ...

07 May 2021 | 18:23

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އޭޑިކޭ ހޮސްޕިޓަލަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ބައްލަވައިފި އެވެ.

ނަޝީދުގެ އާއިލީގެ ގ. ކެނެރީގެއިން ނުކުމެގެން މަޖިލީދީ މަހުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރަނިކޮށް ރޭ ބާރުގަދަ އެއްޗެއް ގޮއްވާލުމުން އެމަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާވެފައި އެވެ. ލިބުނު އަނިޔާތަކާއި ގުޅިގެން ގާތްގަނޑަކަށް ފަސް ވަރަކަށް ސާޖަރީ މިހާތަނަށް ހަދާފައިވާއިރު އަދިވެސް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ.

ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުގެ ހާލުކޮޅު ބެއްލެވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެން ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއް ސައްތާރާއި ބައްދަލުވި ކަމަށް ނަޝީދުގެ ހާލުކޮޅު އޮޅުންފިލުވި ކަމަށެވެ. ހުރިހާ ސާޖަރީތަކެއް ކާމިޔާބުކަމަށް ވިދާޅުވި ކަމަށާއި މިހާރު މަޑުމަޑުން ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

https://twitter.com/Shiyamaldives/status/1390722214513704970

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް